މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވާއިރު، އެހެން އަހަރުތެކޭ އެއްގޮތަށް މި އަހަރުވެސް އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.
އެގްޒިބިޓަރުންގެ ސްޓޯލްތަކުން ކޮންމެ ދުވަހަކުވެސް އެކި އިނާމުތަކާއި ހާއްސަ ޕެކޭޖުތައްވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި ޗުއްޓީ ދިއުމާއި އެހެން ބޭނުންތަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް އެއްތަނަކުން ހައްލުތައް ލިބި، އެންމެ ފަހުގެ ޓްރެންޑުތަކާއި ޓްރެވަލް ޓިޕްސް ވެސް މި ސްޓޯލްތަކުން ލިބިގެންދާނެ އެވެ.
އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް:
- ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
- އެއާލައިންތައް
- ޓްރެވަލް އެޖެންޓުން
- ސަރުކާރުގެ އިދާރާތައް
- ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
- މޫދު ކުޅިވަރުގެ ވިޔަފާރިތައް
- ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.
ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެކެވެ.




4 Comments
ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް