ކ. އަތޮޅުގެ ރިސޯޓެއްގެ ވޯޓާ ވިލާތައް ކައިރިން ކިނބުލެއް ފެނިއްޖެ އެވެ.
ކިނބޫ ފެނިފައި ވަނީ ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފިޔާއިންނެވެ.
އެމްއެންޑީއެފުން ބުނީ ސިފައިން ކިނބޫ ހިފުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި އެ ކނބޫ ހިފިފައިނުވާ ކަމަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ށ. އަތޮޅު ފަރުކޮޅު ނަމަކަށް ކިޔާ ފަޅުރަށަކުން ބޮޑު ކިނބުލެއް ވަނީ ފެނިފައެވެ. މި ކިނބުލުގެ ދިގު މިނުގައި ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.



