ގާޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓާލިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު, އެކަމުގެ ސަބަބުން ފަލަސްތީންގެ ކުޑަކުދިން ކައިގެން ތިބެން ޖެހިފައިވަނީ ދުވާލަކު އެއްއިރު ކަމަށް ގާޒާގައި އެހީ ފޯރުކޮށްދޭ ގުރޫޕުތަކުން ބުނެފި އެވެ.
ގާޒާގައި އެހީ ފޯރުކޮށް ދޭ 12 ގުރޫޕަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ, އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އޮޕަރޭޝަނަށް 18 މަސް ވެފައިވުމާއި ގާޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައިވާތީ ގާޒާގެ އިންސާނީ އެހީގެ ސިސްޓަމް މުޅިން ހަލާކުވާން ކައިރިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ގާޒާގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދިއުން އިތުރަށް ނުރައްކާތެރިވެ, ހާލަތު ގޯސްވެފައިވާތީ ގާޒާގައި ހަރަކާތްތެރިވާ 43 ބައިނަލްއަގުވާމީ އަދި ފަލަސްތީންގެ އެހީ ދޭ ގުރޫޕުތަކުގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސެންޓް ގުރޫޕުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
”ގާޒާގެ ކުޑަކުދިން ދުވާލަކު އެއްއިރު ކައިގެން ތިބޭއިރު އަނެއް ދުވަހު ކާނެ އެއްޗެއް ހޯދުން ވަނީ ތަކުލީފަކަށް ވެފައި. އެންމެންވެސް ކާން މަޖުބޫރުވެފައިވަނީ ދަޅުގައި ބަންދުކުރި ކާނާ. ކާނާ ލިބުމުން ދަތިވެ ގާޒާގައި ވަނީ ބަޑުހައިހޫނުކަން ކުރިމަތިވެފައި,“ ގާޒާގައި ހަރަކާތްތެރިވާ އޮކްފާމްގެ ޕޮލިސީ ހެޑް ބުޝްރާ ހަލީލް ވިދާޅުވި އެވެ.
ގާޒާގައި ހަރަކާތްތެރިވާ ޑޮކްޓާސް ވިތްއައުޓް ބޯޑާސްގެ އެމަޖެންސީ ކޯޑިނޭޓަރު އަމާންޑޭ ބަޒެރޯލް ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދެވޭނެ ގޮތެއް ނެތި, ގޮތްހުސްވެފައި ތިބި ގާޒާގައި ހަރަކާތްތެރިވާ އެހީ ދޭ ފަރާތްތަކަށް ގާޒާގެ ރައްޔިތުން, ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ބަނޑަށް މަރުވާތަން ބަލަން މަޖުބޫރުވެފައިވާ ކަމަށެވެ.

ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި