ހުޅުމާލޭގައި ”ދަ ގާޑަން“ ފްލެޓްތައް އިމާރާތްކުރަމުންދާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރާއްޖޭގެ އެއްވެސް ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓެއްގައި ފައިސާ ހުރިނަމަ އެ ފައިސާއެއް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން އެ އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
ކޯޓުން އަމުރުކޮށްފައިވާ ބޭންކްތައް:
– ބޭންކް އޮފް ސިލޯން
– ބޭންކް އޮފް މޯލްޑިވްސް
– ހަބީބް ބޭންކް ލިމިޓެޑް
– މޯލްޑިވްސް އިސްލާމިކް ބޭންކް
– ސްޓޭޓް ބޭންކް އޮފް އިންޑިއާ
– ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)
– ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް
އަމުރުގައި ބުނެފައިވަނީ އެ ބޭންކުތަކުގައި ޖާހް އިންވެސްޓްމަންޓްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާ ނަމަ، އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށެވެ.


 
					

ގުޅުންހުރި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަލީތަކުރުފާނު ހޯދަނީ
ވަގަށް މާކެޓަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ހިޔާ ފުލެޓް ލިބުމުން އަތުލި ސިފްކޯ ފުލެޓް އަލުން ދިނުމަށް ހުކުމްކޮށްފި