ގޭމާސް ކްލަބް އޮފް މޯލްޑިވްސް އިން ބާއްވަން ތައްޔާރުވަމުން އަންނަ 3 އޮން 3 ފުޓްސެލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް ’ހަފްތާ‘ ހަމަޖައްސައިފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ގޭމާސް ކްލަބުގެ ފަރާތުން ސޮއިކޮށްފައިވަނީ ކްލަބުގެ ނައިބު ރައީސް އަބްދުﷲ ފަވާޒެވެ. ހަފްތާގެ ފަރާތުން ސޮއިކޮށްފައިވަނީ ޗީފް އެޑިޓަރު ހިދާޔަތުﷲ އެވެ.
ގޭމާސް ކްލަބުގެ ރައީސް މޫސާ އާމިރު ވިދާޅުވީ އެ ކުލަބުން ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފުރަތަމަ ފުޓްސެލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖޭގެ އެންމެ ދުވަސްވީ އަދި ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ނޫހެއް ހަމަޖެހުމަކީ މުބާރާތް އިތުރަށް ފުރިހަމަވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މާލެ ސަރަހައްދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން 3 އޮން 3ގެ ވާދަވެރިކަން ގެނައުމުގެ މަގުސަދުގައި 3 އޮން 3 ފުޓްސެލް ޗެލެންޖުގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ބައިވެރިވާން ހުޅުވާލިތާ ހަފުތާއެއްގެ ތެރޭގައި މުބާރާތަށް ކަނޑައެޅި 32 ޖާގަ ވަނީ ފުލްވެފަ އެވެ. އަދިވެސް ގިނަ ކްލަބުތަކުން މުބާރާތުގައި ބައިވެރިވާން އެދެމުން އަންނަ ކަމަށްވެސް ގޭމާސް ކްލަބުން ބުނެ އެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް 3،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބީސްޓް ސްޕޯޓްސް އެވެ. ޓްރޮފީ ޕާޓްނަރަކީ ލޭޔާސް އެވެ. އަދި ފޮޓޯގުރަފީ ޕާޓްނަރަކީ ޒުވާން ފޮޓޯގްރާފަރު ހަމްދު އެވެ.

ގުޅުންހުރި
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ބީސްޓް ސްޕޯޓްސް
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ގޭމާސް ކްލަބުން 3އޮން3 ފުޓްސެލް މުބާރާތެއް ބާއްވަނީ، ބައިވެރިވާން ހުޅުވާލައިފި