ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ލިޔެފައިވަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭން ކަމަށާއި އަމުރުގައި އެގޮތަށް ލިޔުނު ނަމަވެސް ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިަކަލެއްގެ ކަރާމާތައް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގެ ތަހުގީގަށް އެމްޑީޕީގެ އިސް އެކްޓިވިސް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރަށް ގިނަބަޔަކު ވަނީ ފާޑު ކިޔައި އެއީ އިންސާރީ ކަރާމާތައް އަރައިގަތުން ކަަމަށް ސިފަކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ
ހުގީގެއްގެ ބޭނުމަށް މީހެއްގެ ފޮޓޯ ނަގަން އެމީހަކު ހުއްދަ ނުދޭނަމަ އެކަން ކުރުމުގެ ހުއްދަ ކޯޓު މެދުވެރިކޮށް ހޯދާ ކަމަށެވެ. އަދި އެ ހާލަތުގައި ކޯޓުން ކުރާ އަމުރުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގޭނެ ކަމަށް ބަޔާން ކޮށްފައި އޮންނަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ފުލުހުންނަށް ސާފުކޮށްދިނުމަށް ކަމަށެވެ.
”ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް،“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިޝަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.
ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ކަމަށް ބުނެފައި ވެ އެވެ. އަދި މިއީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

2 Comments
ގުޅުންހުރި
ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަނީ
ފުލުހުންނަށް ނުބައި ނަމެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ގާޒީ ޖަމީލާއި ޝަހީދު އައްޔަންކުރަނީ
އަސްކޮއިގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް އުމްރާ ހުއްދަ ނުދޭން ނިންމައިފި
އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓު
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން