ލ. ގަން، ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.
އާރްޑީސީން މިއަދުވަނީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކޮށްފަ އެވެ.
އެގޮތުން އާރްޑީސީން ބުނީ ލ. ގަން ފޭސް ދޭއްގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ސަރަހައްދީ މަގުތަކުގައި ސްޓޯމް ވޯޓާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތާއި ސަރަހައްދީ މަގުގައި މަގު ކޮނުމާއި ބެކް ފިލިންގެ މަސައްކަތްތައް ކަމަށެވެ.
ކޮލަމާފުށީ މަގުތައް ޒާމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު ކުރަމުންދަނީ ދަންނަ އާދަމް ސައީދު މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި ތުއްތު ކަތީން މަގުގެ ކީވޯލްގެ މަސައްކަތް ކަމަށް އާރްޑީސީން ބުންޏެވެ.
އަދި ވިލިނގިލީގައި މިހާރު ކުރަމުންދަނީ ކުދުކަތިބެއްޔާ މަގުގައި ދުވާރުގެ ހެދުމުގެ މަސައްކަތާއި މޫސާ މަގުގައި ކޯނާ ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް