ރާއްޖެއިން، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ޓޫރިޒަމަށް ލިބުނު އެއްވެސް ގެއްލުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތޯރިގް އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ތޯރިގް ވިދާޅުވީ ސަރުކާރުން އެ ނިންމުން ނިންމި ސަބަބު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޔޫރަޕިއަން ޔޫނިއަންއަށް ވެސް ބުނެދެމުން އަންނަ ކަމަށެވެ.
”ކޮންމެ ދުވަހަކު ވެސް މޮނީޓާ ކުރަމުން މި ދަނީ ކޮބައިތޯ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އުޅޭތޯ،،،،، އެގޮތަށް ބަލަމުންދާއިރު މޭޖާ އިމްޕެކްޓެއް ނުވަތަ އަންނަ ފަތުރުވެރިން މަދުވެ އެކަހަލަ ކަމެއް ނެތް އަދިއެއް. ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅާ، ރާއްޖެ ނާންނަން ގޮވާލާ މާސްކޮށް އެނގިފައެއް ނެތް. އެކަމަކު އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މިދަނީ،،،،“ ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމުމުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ރާއްޖެއަށް ތައުރީފު އަމާޒުވާ ގޮތަށް އެ ހަބަރު ގެނެސްދީފައި ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުން މަޖިލީހުން ފާސްކުރީ މިމަހުގެ 15 ގަ އެވެ. އަދި ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފައެވެ.
ތޯރިގް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ތޯރިގު ވިދާޅުވީ އެ ނިންމުން ރަނގަޅުކަމަށް ބުނާ ހަބަރުތައް ވެސް ވަރަށް ގިނަ ކަމަށެވެ.


 
					

1 Comment
ގުޅުންހުރި
އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ، ޣައްޒާއާ ވަރަށް ކައިރީގައި
އިޒްރޭލުގެ އިންޒާރުތަކަށް ނުބަލައި ފްލޮޓީލާގެ ގިނަ ބޯޓުތައް އަދިވެސް ދަނީ ޣައްޒާއަށް