އެ މަނިކުފާނަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވެފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، 21އ. ގެ މައްސަލައިގައި ފުލުހުންނާއި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު އާންމުންގެ ކަންބޮޑުވެ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ކަންކަމުގެ ހަގީގަތް ބެއްލެވުމަށްފަހު އިންސާފު ކުރައްވާ ބޭފުޅެއް ކަމަށާއި އެއީ ފެށުނީއްސުރެ އެ މަނިކުފާނު އަމަލުކުރައްވަމުން ގެންދަވާ ގޮތް ކަމަށެވެ.
”އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ އަބަދު ވެސް އިންސާފުގެ މަގުން ކަންތައްތައްކުރާ ސަރުކާރެއް. އިރާދަކުރެއްވިއްޔާ އެއްވެސް ރައްޔިތަކައް ތަފާތު ނުކުރާނަން. މިއަދާ ހަމައަށް އައިއައިރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުގެ ހަމައެއް ނޫން އަޅުގަނޑުގެ އުސޫލެއްވެސް ނޫން ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީ އެއްވެސް ރައްޔިތަކާ ދޭތެރޭގައި“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސީރިއަސް ތުހުމަތުތަކެއް ޒުވާނުން ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު ސަލާމަތްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންނުދާ ކަމަށެވެ. މައްސަލަ ބެލުމަށްފަހު ޒިންމާވާ ފަރާތަކަށް ފިޔަވަޅު އަޅަން އެ މަނިކުފާނަށް ކެރިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެ މީހާގެ، އެ މީހާ ފޮރުވުމަށްޓަކާ ނޫނީ އެ މީހާ ދޭތެރޭގެ ތަފާތުކުރަން. މިހާރު މި އޮތް އެލިގޭޝަން ގޮތަށް ކަވާއަޕް ކުރަނީއޭ. ސީރިއަސް ކޮންސާންތަކެއް އެބަހުރި ހާއްސަކޮށް ޒުވާން ކުދިންގެ،“ ރައީސް ވިދާޅު ވިއެވެ.




24 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!