އޭޕްރިލް 28, 2025

ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ

ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެންބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ބެލުމަށް ވެސް ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް އާއިލާއިން އެދިއްޖެ އެވެ.

ޒަކިއްޔާގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަންކަން ފޮރުވަން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސަ އަމިއްލައަށް މަރުވީ ކަމަށް ދެއްކުމަށެވެ. ކަމުގެ ހަގީގަތް ހޯދުމަށް ބޭނުންނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ފޮރުވުމަށް މަސައްކަތްކުރާ ތަނެވެ“ އާއިލާ އިން ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު ވަނީ އޭނާއަށް ގެވެށި އަނިޔާކޮށްފައެވެ. އަދި ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނުއިރު އޭނާގެ ކަރުގައި އެއް ޒަހަމަށްވުރެ ގިނަ ޒަހަމް ހުރި ކަމަށް އާއިލާއިން ބުންޏެވެ. އާއިލާ އަދި ރަށުގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ ޒަކިއްޔާއަށް އަމިއްލައަށް އެވަރުގެ ޒަހަމްތަކެއް ނުދެވޭނެ ކަމަށެވެ.

”ހޮޅުދޫގެ ރައްޔިތުންނާއި އާއިލާއިން މިތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ. އަމިއްލަ އަށް ކަރުގައިވަޅި އަޅާފައިވާ ކަމަށް ބުނާ ނަމަ ދެ ފަރާތުގައި އަށް ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަމާއި އެ ބަލީގެ ނަމަކީ ކޮބައިކަން ވެސް ބުނެދޭން ޖެހޭނެ،“ އެ ބަޔާނުގައިވެ އެވެ.

އެހެންވެ ”ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށް އާއިލާގެ ފަރާތުންކުރާ އިލްތިމާސް އަކ،ީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކެހެރިކޮށްދެއްވައި، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައިދެއްވައި މި ކަމަށް ހާއްސަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށް،“ކަމަށް އާއިލާއިން ބުންޏެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

3 Comments

  • Dhee Naa އޭޕްރިލް 27, 2025

    fuluhun hingaa thahugeegah vure siyaasee meehunah ithubaaru kurumakee ves faadegge bayyeh. dhivehinnah mithibee hevaa nubai olhifa

  • Ismail Adil އޭޕްރިލް 27, 2025

    Thiyaa comisionah nagany hama mithaa ulhey dhivehinneh noontha? Eiee konthaakun thahugeegu kiyevi baeh?

  • Xeethu Xeenaa އޭޕްރިލް 27, 2025

    Konme kamakah commission eh ufahdhanyaa bodethi musaara dheefa keehkura polihunneh tha

Leave a Reply