މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އިއުތިރާޒުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގައި ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ ގޮތުން އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ފައްޓަވައިދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ނަރީޝް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު މި މައްސަލައިގައި ހެކިބަސް ދޭން ބޭނުން ނުވާކަން ކޯޓަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޔާމީން ބޭނުންފުޅުވާނަމަ، އެ ދެ މީހުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް އަމުރެއް ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ދެ މީހުން ހެކިބަސް ދޭން ބޭނުންނުވާނަމަ، އެ ދެ މީހުންގެ ހެކިބަސް ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ. ކޯޓުން އަމުރުކޮށްގެން އަދި މަޖުބޫރުވާފަދަ އަކުން އެ ދެ މީހުންގެ ފަރާތުން ދިފާއުގައި ވާހަކަތަކެއް ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލައިގައި ދެން ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިޔާ ކޯޓަށް ހާޒިރުވެފައިނުވެ އެވެ.

ގުޅުންހުރި
އަސްވާޑަށް ލަފާ ދޭން ނަރީޝް، އައްޔަންކުރީ މިނިސްޓަރު ފެންވަރުގައި
އެހެން މަގާމަކަށް ވަޑައިގަތުމަށް މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ:
ގޭގައި ހުރެގެން ޔާމީން ދައްކާ ވާހަކަތަކަށް ރައްދު ދޭކަށް ނެތިން، ހުންނާނީ