ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ނާޒިލް ވިދާޅުވި އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު އަމީނަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކަމަށް ނާޒިލް ވިދާޅުވި އެވެ.
ޕާޓީގައި ޔުމްނުއާ އެކީ އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވެސް ފުލުހުންގެ ޖިނާއީ ތަހުގީގުތަކުގެ ޑިޕާޓްމަންޓް ހިންގާ އިމާރާތް ދޮށަށް ކޮންމެ ރެއަކު ޒުވާނުން އެއްވެ މުޒާހަރާކުރަން ފެށި ހިސާބުންނެވެ.
ތަހުގީގަށް އަމީންގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވަނީ އެ ކަމާ ގުޅުވަ އެވެ. އޭގެ ފަހުން އެނގުނު ގޮތުގައި އަމީން ވެސް ދިރިއުޅުއްވާ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުންނަށް ނުލިބޭ ކަމެވެ. ފުލުހުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނި ކަމަށެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ވެސް ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.

ގުޅުންހުރި
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
މީޑިއާ ބިލު ފާސްކުރަން އުޅެނީ އާދަޔާހިލާފަށް އަވަހަށް، ކަންބޮޑުވޭ: ކުރީގެ ޕީޖީ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު