އިސްރާއީލުގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ ހަލުވިކަމާއެކު އަލިފާންގަނޑު ފެތުރެން ފަށައިފި އެވެ.
ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ބުނީ ގުދުސް ފަރުބަދަތަކުގެ މަދުވެގެން 5 ތަނެއްގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާތީ އިތުރު ސަރަހައްދުތައް ހުސްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ނެވޭހް ޝަލޯމް، ބެކޯއާ، ތާއޯޒް، ނަޗްޝޮން އަދި މެސިލަތު ޓްޒިއަންގެ މުޖުތަމައުތައް ވަނީ ލަތުރުންގައި ހުންނަ އަސްކަރީ ހަނދާނީ ބިނާއާއި ކައިރީގައި ހުރި މޮނަސްޓްރީއާ އެކު ވަނީ ހުސްކޮށްފަ އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލިފާން ނިއްވުމުގައި އެހީތެރިވުމަށް އިޓަލީ އާއި ކްރޮއޭޝިއާއިން އަލިފާން ނިއްވާ ތިން މަތިންދާ ބޯޓެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އިޒްރޭލުން ވަނީ ގްރީސް، ސައިޕްރަސް އަދި ބަލްގޭރިއާ އިންވެސް އެގލ ގައުމަށް އެހީވުމަށް އެދިފައެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް 120 ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެތައް ޓީމަކާއި މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ވަނީ މޮބިލައިޒް ކޮށްފައެވެ. ނަމަވެސް އެކަމަށް ވަނީ ނުކުޅެދިފަ އެވެ.
އަލިފާނުގެ ހާދިސާގައި 13 މީހުން ޒަޚަމްވެފައިވާއިރު އެއްވެސް މީހަކު މަރުވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ



