މެއި 10, 2025

އަދާލަތުގެ ރައީސްގެ މަގާމަށް ޝަހީމަށް ވާދަކުރެވޭނީ ކެބިނެޓުން އިސްތިއުފ ދިނުމަށްފަހު: އިމްރާން

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އިސްލާމިކް މިނިސްޓަރު ޑރ. ރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވާދަކުރެއްވޭނީ އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ކަމަށް  އެ ޕާޓީގެ މިހާރުގެ ރައީސް، އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ޝަހީމް އެކްސްގައި އިއްޔެކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ޝަހީމް ނިންމަވާފައި ވަނީ ކެބިނެޓުން ވަކިވުމަށްފަހު ކަމަށް ވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

”ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވަން،“ އިމްރާން ވިދާޅުވި އެވެ.

ޝަހީމް އަދާލަތު ޕާޓީއިން ވަކިވެވަޑައިގަތީ 14 ފެބްރުއަރީ 2017 ގައެވެ.

ޝަހީމް އެ ފަހަރު ޕާޓީން ވަކިވެވަޑައިގެންނެވީ އޭރު އޮތް ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެ ޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޝަހީމް ވަނީ ޕީޕީއެމްއާ ގުޅުވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން ޝަހީމް ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސް މަގާމަކަށް ވަޑައިގެންފަ އެވެ.

 

8 Comments

  • Hussain Farooq މެއި 1, 2025

    Imran bunyas rangalhu vaahaka eh.

  • Ahmed Ali މެއި 1, 2025

    Shaheenm vaadha kohfiyyaa gondi nagaane

  • Samy Jameel މެއި 1, 2025

    Aslu konmes 1 gondi eh gehleyne majlis ga ves onna hukum thaa onnan vaany

  • Ahmed Ashraf މެއި 1, 2025

    Ebunaahen huriha kohlhakun kaan noolhe bala… 😂

  • Maahzxx Hameed Maahzxx މެއި 1, 2025

    Meena ah engeynee hurihaa kameh ves.

  • Aslam Nazim މެއި 1, 2025

    ”އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރެވޭނީ ކެބިނެޓުން އިސްތިއުފާ ދިނުމުން ކަމަށް“ މިހިނެއް ނޫން އިމްރާންގެ ޓުވީޓްގަ އޮތީ.
    އޭގަ އޮތީ ކެބިނެޓުން އިސްތިއުފާ ދެއްވައިފާ ވަޑައިގެންފި ނަމަ، މަރުހަބާ ކިޔާނެ ކަމަށް.

  • Ibrahim Shiyam މެއި 1, 2025

    ތިޔަ މުނާފިގު އިމްރާނު ތީ ކާކު ތަ މީހުނަށް ގޮތްކިޔަން

  • Mohamed Ali މެއި 1, 2025

    Kaley Bangkok ge Raees Akah dhiyaee Adhalath party in isthiufaa dheefatha

Leave a Reply