މެއި 9, 2025

އެލައިޑުގެ ކަމަނަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި، ފުރަތަމަ މަހުގެ ޕޭމަންޓު އަދިވެސް ހިލޭ

އެލައިޑު އިސްލާމިކް ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެލައިޑުން މިއަދު ބުނީ އެ ކުންފުނިން މާޗުމަހުން ފެށިގެން ކުރިޔަށްގެންދާ ކަމަނަ ޕްލޭންގެ ޕްރޮމޯޝަން އޮތީ އޭޕްރިލު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ގޮތަށް ކަމަށެވެ. ނަމަވެސް އާންމުންގެ ފަރާތުން ލިބެމުން އައި ތަރުހީބާއި އެކު މި މަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

އެހެންކަމުން ކަމަނަ ޕްލޭން ނަންގަވާ ކޮންމެ މީހެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 ޑިސްކައުންޓް ލިބޭ އޮފާ އަދިވެސް ކުރިޔަށްދާނެ ކަމަށް އެލައިޑުން ބުންޏެވެ.

ކަމަނަ ޕްލޭނަކީ އަންހެނުންނަން ހާއްސަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށް އެލައިޑުން ބުންޏެވެ.

އެގޮތުން މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ މި ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖްތަކުގެ ތެރޭގައި ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިން އަހަރުން އެއްފަހަރު ހިލޭ ކެންސާ (އަންހެނުންނަށް ހާއްސަ ތިން ބާވަތުގެ ކެންސަރު) ސްކްރީނިން ހެދޭނެ މަގު ފަހިކޮށްދިނުނުމާއި އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެލައިޑުން ބުންޏެވެ.

އަދި ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެ އެވެ.

މީގެ އިތުރުން ވެސް މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ ކުރިން ބުނެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހުވެސް، މި ޕްލޭން ކުރިޔަށްދާ އުސޫލު ކަނޑައެޅިފައިވުން ކަމަށް އެލައިޑުން ބުންޏެވެ. ނަތީޖާއެއް ގޮތުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި، ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިޔުމާއި އެކު، އެމުއްދަތުގައި ލިބޭ އިމަޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ވަނީ ފަހިވެފައި ކަމަށް އެލައިޑުން ބުންޏެވެ. އެއަށްފަހު، ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާއާއި އެއަށް ލިބިފައިވާ ފައިދާއާއި ވެސް އެކުގައި ކަމަށް އެލައިޑުން ބުންޏެވެ.

ކަމަނަ ޕްލޭނާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވާ ހިންގާދެމުންނެވެ. އެގޮތުން، މިފަދަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރ 1600އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެ އެވެ.