ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ލިބޭ އިނާޔަތް ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ލިބިގެންނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 26 ގަ އެވެ. އޭނާ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ރިޓަޔާކޮށްފައިވަނީ މިދިޔަ މަހުގެ 28 ގަ އެވެ.
ޔާމީންގެ އިސްވެ ހުންނަވައި އުފެއްދި ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާ އެއްވެސް މީހަކަށް ރިޓަޔާމެންޓް އިނާޔަތް ލިބިގެންނުވާނެ ކަމަށެވެ. އަމިއްލައަށް އިސްތިއުފާ ދިނުމުން ވެސް، ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ މީހަކަށް ލިބޭ އިނާޔަތްތައް ޝުޖާއުއަށް ލިބިވަޑައިގަންނަވަނީ ކޮން ހަމަޔަކުންތޯ ޔާމީން ސުވާލު ކުރެއްވި އެވެ.
”ޝަރަފުވެރިކަމާ އެކު ރިޓަޔާކުރުމަކީ ތަފާތު ކަމެއް. ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ މީހަކަށް ލިބެން ޖެހޭ އިނާޔަތްތަކެއް [ޝުޖާއުއަށް] ލިބިގެން އުޅޭ ވާހަކަ އެ ދައްކަނީ. އެކަމަކު މީޑިއާއިން އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ޝުޖާއު ހަމަ އިސްތިއުފާ ދިނީ. އިސްތިއުފާ ދިނީމާ އެ ހިސާބުން ނިމުނީ. އޭނާއަށް ލިބެން ޖެހޭ އިނާޔަތެއް ނޯންނާނެ،“ ޔާމީން ވިދާޅުވި އެވެ.
އިނާޔަތްތައް ލިބޭ ގޮތަށް އިސްތިއުފާ ގަބޫލުކުރެއްވީ ޝުޖާއުގެ އަތުގައި ކިހާވަރެއްގެ މައުލޫމާތެއް ހުރެގެންތޯ ވެސް ޔަމީން ސުވާލު އުފެއްދެވި އެވެ. ޔާމީން ތުހުމަތުކުރެއްވީ އެއީ ޝުޖާއުގެ ”އަނގަ ބަންދުކުރަން“ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.




6 Comments
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން