ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް އިރަކު ހަތިޔާރެއް ނުގެންގުޅޭ: ގައްސާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައިނުވާކަމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ، ހަތިޔާރާއެކު ރާއްޖޭގައި އެތައްހާސް ސިފައިންނެއް ތިބިކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ހަތިޔާރާއެކުތޯ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައިނުވާކަމަށެވެ.

ރާއްޖޭގައި އޭރުތިބި އިންޑިޔާ ސިފައިންގެ އަދަދުވެސް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓާރު ވިދާޅުވީ، އިންޑިއާގެ 74 ސިފައިން އޭރު ރާއްޖޭގައި ތިބިކަމަށެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން އެ އެންމެން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އެ ސުވާލާ ގުޅިގެން ގައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުގެ ދެމެދުގައި އޮތް ގާތް ގުޅުުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އިންޑިއާއިން ގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:

ހދ. ހަނީމާދޫން، ހަތެއް އޭޕްރީލް 2024 ގައި 12 ސިފައިން

ނުވައެއް އޭޕްރީލް 2024 ގައި 13 ސިފައިން

ލ.ކައްދޫން، ހަތެއް މެއި 2024 ގައި 13 ސިފައިން

ނުވައެއް މެއި 2024 ގައި 12 ސިފައިން

އައްޑޫސިޓީން، ހަތެއް މާޗް 2024 ގައި 12 ސިފައިން

ނުވައެއް މާޗް 2024 ގައި 12 ސިފައިން

މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ.