މިދިޔަ އަހަރު ކިޔާފައިވާ ޚުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފޮތެއްގެ ސިފައިގައި ނެރެފައިވާ އެ ތަރުޖަމާގައި މިދިޔަ އަހަރު ކިޔާފައިވާ 35 ޚުތުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައި ވާކަމަށެވެ.
އޭގެ ތެރޭގައި ސިހުރާއި ޝިރުކުގެ ނުބައިކަމުން ރައްކާތެރިވުމާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްލާމީ އުއްމަތުގެ ޒިންމާތަކާއި ގެވެށި އަނިޔާ އާއި ޖުވާގެ ނުބައިކަމާއި އާއިލީ ގުޅުން ދެމެހެއްޓުމުގެ އިތުރުން އަނބިދަރިންނަށް ހަރަދު ދިނުން ފަދަ ކަންކަމާ ގުޅޭ ހުތުބާތައް ހިމެނެ އެވެ.
އެ ފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.



