މެއި 10, 2025

ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން: ކަސްޓަމް

ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސަސްއިން ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާފައިވާ ބިލް ދިރާސާކުރާ ކޮމިޓީއަށް ކަސްޓަމްސްގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން

ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ، ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނު ތަކަކަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ އޭނާ ވަނީ ދުންފަތް ކޮންޓްރޯލް ކުރުުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް ގެންނަަން ޖެހޭ ބައެއް އިސްލާހުތައް ހިއްސާކުރައްވައިފަ އެވެ.

ވޭޕް މަނާކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ވަކި ވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށް ސިމާހު ވިދާޅުވި އެވެ.

”ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް، އެއަށް ފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް،“

އޭގެ ދެ ކޭސްއެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާޖަން ސިމާހު ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރެއްވީ ގާނޫނު އެއޮތްގޮތަށް ކަސްޓަމްސް އަށް ތަންފީޒު ނުކުރެވޭނެތީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮސްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،“ ސިމާހު ވިދާޅުވި އެވެ.