ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް އަމީން ވަނީ ޖަވާބު ދެއްވައިފަ އެވެ. އަމީންއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލުގައި ވިދާޅުވީ ފުވައްމުލަކާއި މާލެއާ ދެމެދު މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓް އަގު، ”ރައްޔިތުން އަތްފޯރާ އަގަށް“ ނުދާ ކަމަށެވެ. އަދި އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ”އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަ ކުރަން [ޓިކެޓް އަގު ކުޑަ ކުރަން] މިހާރު ހުރިހާ ހަރަދެއް ވެސް ވަރަށް ބޮޑުވެފައިވާ ވަގުތަކަށްވެފައި އަދި ޓިކެޓްގެ ހަރަދު ވެސް ބޮޑުވެފައި މިހާރު ނެތް. އެކަމަކު ޓިކެޓްގެ އަގު މިހާރަށް ވުރެ ވެސް ކުޑަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،“ ކަމަށެވެ.
ޓިކެޓް އަގެހެޔޮ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފުސީލެއް އަމީން ނުދެއްވަ އެވެ.
ފުވައްމަލު ސިޓީ އެއާޕޯޓު ރަންވޭއާ ގުޅޭގޮތުން މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެ އާޕޯޓުގެ ރަންވޭ އެންމެ ދިގުކޮށް ތަރައްގީކުރެވޭނެ މިންވަރަށް ތަރައްގީ ކޮށްފައިވާ ކަމަށެވެ. އަމީން ވިދާޅުވީ ރަންވޭ އިތުރަށް ދިގު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
”ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރާ ބޯޓުތަކަށް ބަލާއިރު، މިވަގުތު ނެތް ރަންވޭ ބޮޑުކުރުމުގެ ބޭނުމެއް. ނަމަވެސް ރަންވޭއާ ގުޅިފައި ހުރި އެހެން ހިދުމަތްތައް ތަރައްގީކުރުމުގެ ޕްލޭންތަކެއް މިހާރު ހެދިގެން އެބަދޭ،“ އަމީން ވިދާޅުވި އެވެ.
މާ ލަސްތަކެއް ނުވެ އެ ރޭވުންތައް ތަންފީޒު ކުރުމުގެ މަރުހަލާ ފެށޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

8 Comments
ގުޅުންހުރި
ފާޑުކިޔުން އަމާޒުވުމުން ފަޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީ ކުރިން އޮތްގޮތަށް ބަދަލުކޮށްފި
ގަމުގައި އެއާޕޯޓެއް އޮތަސް، ހުޅުމީދޫއަށް ވަކި އެއާޕޯޓެއް ބޭނުންވޭ: ޝާޑު
މަސައްކަތެއް ނެތި ޖަލްސާ ނިންމާލާތީ އަމާޒުވާ ފާޑު ކިޔުމަށް އަބްދުއްރަހީމް ރައްދު
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޓެކްސީތަކަށް ހަނި ގޯޅިތަކަށް ވަދެވޭނެ: އަމީން
ފަނޑިޔާރުންގެ މައްސަލަ އޮއްވައި ޖުޑިޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފި
ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން: