މެއި 9, 2025

ފަނޑިޔާރުންނާ ދެކޮޅަށް ހަކިބަސް ދިން ހަނީފަށް ފެނަކައިގެ އިސް މަގާމެއް ދީފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުހެ ދެ ފަނޑިޔާރެއް ކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އާ ދެކޮޅަށް ތަހުގީގުކުރި މައްސަލައިގައި ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފަށް ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމެއް ދީފި އެވެ.

އެނގިފައިވާ ގޮތުގައި ހަނީފަށް ދީފައިވަނީ ފެނަކައިގެ ލީގަލް ޑިޕާޓްމެންޓްގެ އިސް މަގާމެކެވެ.

ހަނީފު މިހާރު ވަނީ ހައިކޯޓުގެ ވަޒީފާއިން އިސްތިއުފާ ދެއްވުމަށް ސިޓީ ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.

މަހާޒާއި އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށްފަހު ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. މިހާރު އެ މައްސަލަ އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.

ޖޭއެސްސީން މިހާރު ބަލަމުން ދަނީ ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި މައްސަލަ އެވެ.

ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.