ތެެލެސީމިއާ ކުދިންގެ ބޮއްސުންލާފައިވާ ހުރިހާ ކަމެއް ހައްލުކޮށްދޭއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި ރައީސް ފޮނުއްވި ހިތޯބެއްގައި ވިދާޅުވީ ތެލަސީމިއާ މީހުންނަށް ބޭނުންވާ ފަރުވާގެ އިތުރުން އެ މީހުންނާ މެދު އޯގާތެރިކޮށް ހިތައި އެހެން ފުރުސަތުތައް ވެސް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އާބާދީގެ ނިސްބަތުން ތެލަސީމިއާ މީހުންގެ އިންސައްތަ އެންމެ މަތީ ގައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ތެލަސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދިންނަށް ފަރުވާ ދޭ ގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ،“ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަހައްމަލު ކުރަމުންދާ މީހުންނަކީ ދުވާލާއި ރޭގަނޑު ވެސް އުނދަގޫ އެތައް ކަމެއް ތަހައްމަލު ކުރާނެ ކުދިން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މީހުންގެ ސިއްހަތު ސަލާމަތުން ބައިތިއްބައި ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
”ހަމައެކަނި ފަރުވާއެއް ނޫން. އެ ކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި އުނގަންނައިދިނުމާއި އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ވެސް އެ ކުދިންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ތެލަސީމިއާ ކުދިންނަށްޓަކާ އެ މަނިކުފާނު ހާމަކުރެއްވި ތަސައްވަރާއި ވެވަޑައިގެންނެވި ވަައުދުތައް ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.




1 Comment
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް