ޝަރީއަތް ނިމެންދެން ބަންދުކޮށްފައި 300 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުން މޮނިކޮމް ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރެވޭތޯ ބަލަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާ އެކު“ ގެ ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓުގައި، ރައީސް މިއަދު ވިދާޅުވީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އެ މަނިކުފާނު ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެއީ ކުރީ ސަރުކާރުތަކައް ހައްލު ހޯދިފައިނުވާ އަދި މި ސަރުކާރުން ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ބޮޑު މަައްސަލައެއް ކަމަށެވެ.
”މީގައި އެބަހުރި ކޮންމެ ވެސް ވަރަކަށް މާރާމާރީގެ ތުހުމަތު ވެސް، ޓެރަރިޒަމްގެ ތުހުމަތުވެސް އަދި މަސްތުވާތަކެތި އަދި ގޭންގު ކުށްތައް ވެސް. އެކި ކަހަލަ އަދި ކުދިކުދި ކުށްތައް އެބަ ހިމެނޭ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ“ ކޮންމެ ގޮތަކުން ވިޔަސް ޖިންސީ ގޮތުން ކުޑަކުދިންނާއި އެކި ފަރާތްތަކަށް ކުށްކޮށްގެން ތުހުމަތުކުރެވޭ މީހުން ނުހިމެނޭ. ދެންވެސް ކޮން ބައެއްތޯ ބަލާފައި ވީހާވެސް ގިނަ މީހުން، ތިންބައިކުޅަ އެއްބައި ވަރު ގާތްގަނޑަކަށް ޓެގު އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރު ވާނީ ފުލުހުންނާއި އޭޖީ އާއި ޕީޖީއާއެކު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި“ ކަމަށެވެ.
”އެކަން ސާފުވެގެން ދިޔައީމަ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ވީހާ ވެސް ގިނަ މީހުންނަށް އޭރުން ކަނޑައެޅޭ ޝަރުތުތަކާ އެކީގައި ގެއަށް ބަދަލުކުރަން ނޫނީ ޓެގު އަޅުވާފައި ދޫކޮށްލެވޭނެ އެންމެ ފުޅާ މިނިވަންކަމާ އެކީގައި ދޫކޮށްލެވޭނެ މައްސަލަ ބަލައި ނިމެންދެން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަންދުގެ މައްސަލަ ހައްލުކުރަން ކޯޓުތަކުގެ ޖާގައަށް ވެސް ލުއިތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް، ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން އޮތުމުން އެ ކޯޓަށް ހާއްސަކޮށްގެން މިހާރު ގެންދަނީ 11 ކޮޓަރީގެ ތަނެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!