ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އޭނާ ބަޔަކު ވައްޓައީލީ ކަމަށް އާއިލާ ގާތު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ބުނެފައިވާކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ”ޗެނަލް13“ އަށް މިރޭ ދިން އިންޓަވިއެއްގައި ބުނީ ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށާއި އެރޭ ޔުމްނު އެ ގެއަށް ދިޔައީ އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
”އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި،“ ޔުމްނުގެ ދައްތަ ބުންޏެވެ.
އެ ގޭގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެ އެެވެ.
ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.
”އެ ވީ ކަމަކީ، ޔުމްނުގެ އަނގައިގެން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ،“ ޔުމްނުގެ ދައްތަ ބުންޏެވެ.
”އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވިމަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ.“
ޔުމްނު ވަނީ މި މައްސަލައިގައި އޭނާއަށް އިންސާފު ލިބޭނެތޯ ފަހު ބަހެއްގެ ގޮތުގައި އަހައިފައު ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
”އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ، އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހެއްޔޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،“ ދައްތަ ބުންޏެވެ.
ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.
”މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،“ ޔުމްނުގެ ދައްތަ ބުންޏެވެ

6 Comments
ގުޅުންހުރި
ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް، ކަށަވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވާނެ
ފުލުހުންގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން އައްޔަންކޮށްފި
ޑިސެމްބަރުގެ ނިޔަލަށް ނުދެއްކިހުރި ފެންބިލުތަކަށް ފައިސާ ދެއްކުން ޖޫރިމަނާ މާފުކޮށްދެނީ
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި