އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު ”އެލައިޑް ފެސްޓް“ އަތޮޅުތެރެއަށް ފުޅާކޮށް، އިއްޔެ ކުޅުދުއްފުށީގައި މި ހަރަކާތް ބާއްވައިފި އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ ކުޅުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމު ކޮށްފައިވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތުކާއެކު ކުރިއަށް ގެންދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ބައިވެރިވި އެވެ.

އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދިން ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ އެ ހަރަކާތް އެހާ ފުރިހަމަ ގޮތެއްގައި އިންތިޒާމު ކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށް ގެންގެން ކުރިއަށް ގެންދާ އިވެންޓެކެވެ. އެގޮތުން އިއްޔެ ބޭއްވި ހަވީރުގައިވެސް އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.
އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ އޮފާއާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއްކަމުގައިވާ ”ކަމަނަ“ ގެ ފުރަތަމަ މަހުގެ ޕޭމަންޓް ދައްކަން ނުޖެހޭ ޕްރޮމޯޝަންގެ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފަ އެވެ.





ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި