ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓުން މިއަދު ބުނީ ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ އިތުރުން ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އެހެންވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓުން މިދިޔަ ހަފްތާގައި ބުނެފައިވަނީ ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ ގޮތަކީ ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުން ކަމަށް މެޓުން ބުންޏެވެ.
އެ ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ގޮސްފި ނަމަ، އެއީ ހުޅަނގު މޫސުން ފެށުނީ ކަމަށް ބަލާނެ ކަމަށް މެޓުން ބުންޏެވެ.

ގުޅުންހުރި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ:
ފެންބޮޑުވެދާނެތީ ވެލި ބަސްތާ ޖަހައި ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް، މިއަދު ވެސް ބޯކޮށް ވާރޭ
226 މީހަކަށް ވަގުތީ ހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީފިން: އެންޑީއެމްއޭ
ފެން ހިންދުން ލަސްވުމުން އާއްމުން ނުކުމެ ރަސްފަންނާ ދިމާލުން ކޯރެއް ކަނޑައިފި
މާލޭގެ މަގުތަކުން 10،000 އެއްހާ ޓަނުގެ ފެން ބޭރުކޮށްފިން: އެމްއެންޑީއެފް