ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކަށް މުވައްޒަފުން ނަގާފައިވަނީ ހަމައެކަނި އައިޑީ ކާޑަށް ބަލައިގެން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ”ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (އައްޑޫ ސިޓީ ބްރާންޗެސް އެންޑް އޮންގޮއިން ޕްރޮޖެކްޓްސް) 2021- 2023 ސްޕެޝަން އޮޑިޓް“ ރިޕޯޓުގައި ބުނެފައިވަނީ ފެނަކަ އިން އައްޑޫގައި ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއަކަށް 85 މުވައްޒަފުން ނެގި އެވެ. އޭގެ ތެރޭގައި އެސިސްޓެންޓް މެނޭޖަރަކާއި އަށް ސުވަޕައިޒަރުންނާއި ހަތް އެޑިމިސްޓްރޭޓިވް މުވައްޒަފުންގެ އިތުރުން އެހެން ބައެއް މަގާމުތަކުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެ މަޝްރޫއުތަކުގެ މަސައްކަތުން 158 މުވައްޒަފުން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ވަކިވި ކަމަށާއި އެ މުވައްޒަފުންގެ ބަދަލުގައި ފެނަކައިން އިތުރު 273 މުވައްޒަފުން ނެގި ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މުވައްޒަފުން ނެގުމަށް ފެނަކައިގައި އޮންނަ އުސޫލަކީ މުވައްޒަފަކު ބޭނުންވާ ނަމަ އެކަން ލިޔުމުން ފެނަކައިގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހެޅުން ނުވަތަ ކުންފުނީގެ މަސައްކަތެއް ކުރަން މެނޭޖިން ޑިރެކްޓަރުގެ ހުއްދަ އާއެކު ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން ކަމަށެވެ.
”އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކަށް މުވައްޒަފުން ނެގުމުގައި ޕްރޮޖެކްޓު އޮފީސްތަކުން މުވައްޒަފުން ނެގުމަށް ބަލައިގަނެފައިވަނީ ހަމައެކަނި ނަގަން ބޭނުންވާ މީހުންގެ އައިޑީކާޑުތައް ކަމަށާއި ކޮންޓްރެކްޓު އުސޫލުން މި ފަރާތްތަކުގެ ޗިޓު ފޮނުވައި ދެއްވުމަށް އެދި ފެކްސް މެސެޖުތައް ޕްރޮޖެކްޓު ޑިޕާޓްމަންޓުތަކުން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ފޮނުވާފައިވާކަން ފާހަގަކުރަމެވެ،“ ރިޕޯޓުގައި ބުންޏެވެ.
”މުވައްޒަފުން ނަގަން ބޭނުންވެއްޖެ ހާލަތްތަކުގައި މުވައްޒަފުން ނަގަނީ އެ ތަނެއްގެ ސީނިއާ މުވައްޒަފުން ފޮނުވާ އައިޑީކާޑުތައް އެޓޭޗުކުރުމަށް ފަހު، ޗިޓު ހޯދުމަށް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް އީ-މެއިލް މެދުވެރިކޮށް އެދިގެން ކަމަށް ޕްރޮޖެކްޓު އޮފީސްތަކުން އޮޑިޓަރުންނަށް މައުލޫމާތު ދިނެވެ.“
އޮޑިޓް ރިޕޯޓުގައި ބުނީ، ކޮންމެ މަހަކު މުވައްޒަފުން އިތުރުވެފައިވާއިރު އެ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހުއްދަ ހޯދިކަމުގެ ލިޔުމެއް ފެންނަން ނެތުމުން އެއީ މެނޭޖިން ޑިރެކްޓަރުގެ ހުއްދަ އާއެކު ނެގި މުވައްޒަފުންތަކެއް ކަށަވަރު ނުވާ ކަމަށެވެ. އަދި ވަޒީފާތަކަށް މުވައްޒަފުން ނެގިއިރު އިންޓަވިއެއް ވެސް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
”އެހެންކަމުން ވަޒީފާގެ ކުރިއެރުން ދިނުމާއި ވަގުތީ މުވައްޒަފުން ދާއިމީކޮށްފައި ވަނީ ކުންފުނީގެ އުސޫލާ ހިލާފަށް ކަމަށާއި މިކަމަކީ ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ކޮށްފައިވާ ކަމެއްކަމުގައި ބެލެވެ އެވެ“ އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެހެންވެ އެ މުވައްޒަފުންނަކީ ވަޒީފާގެ މަސްއޫލިއްޔަތަށް އެންމެ އެކަށީގެންވާ ބައެއްކަން ކަށަވަރުނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.




ގުޅުންހުރި
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި