ކިތަންމެ ހިތްހަމަނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށްވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މާ ރަނގަޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މި ސަރުކާރުން މިހާރު މިދަނީ ގަދީމީ ޒަމާނަށް ކަމަށާއި ސޯލިހުގެ ވެރިކަމުގައި ހަމަތަކުގައި ހިފަހައްޓައި ގާނޫނީ ވެރިކަމެއް ކުރަން އިސްކަން ދެއްވި ކަމަށެވެ.
”(ސޯލިހުގެ ވެރިކަމުގައި) މިއަށްވުރެ ރަނގަޅު އެނގޭތޯ ރޫލް އޮފް ލޯ އަޕްހޯލްޑް ކުރެވުނު. ގަވަނަންސް ސްޓްރަކްޗާ އަޕްހޯލްޑް ކުރެވުނު މިއަށްވުރެ ރަނގަޅު އަޅުގަނޑުމެން ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ވެސް މިއަށްވުރެ ރަނގަޅު އެނގޭތޯ،“ ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޔާމީން ވަނީ ޑިޖިޓަލައިޒް ކުރަން މި ސަރުކާރުން ފަށާފައިވާ މަސައްކަތަށްވެސް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ޑިޖިޓަލައިޒް ކުރަން ރައީސް މުއިއްޒު އުޅުއްވި ނަމަވެސް މި ވެރިކަމުގައި ރޯމާދުވާލު ކުރަމުން ގެންދާ ވައްކަންތަކަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
”މިހާރު މިކުރަނީ ޑޭލައިޓް ވައްކަން ދެއްތޯ. ހަމަ ދިމްޔާތުގެ ޒުލެއް ގޮތަށް ރައްޔިތުންގެ މަޖިލިސް އެ ހިނގަނީ އެނގޭތޯ. އެހެންވީމަ ޑިޖިޓަލައިޒް ކުރިއަސް އެހެން ކަމެއް ކުރިއަސް މިކުރާ ވައްކަމަކަށް ބަދަލެއް ނާންނާނެ. އެސްއޯއީތަކުން ބޮޑެތި އަދަދުން ފައިސާ ނަގާފައި ގެންދާ ދިމަދިމާލަށް ބޮޑެތި މީހުންނަށް ގެންދާ ދިމަދިމާލަށް އެއަކަށް ބަދަލެއް ނާންނާނެ،“ ޔާމީން ވިދާޅުވި އެވެ.




47 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި