ފ. މަގޫދޫގައި އެއާޕޯޓް އަޅަން ކުރީ ސަރުކާރުން ނިންމީ ރަނގަޅަކަށް ނޫން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މަގޫދޫ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކުރީ 19 އޮކްޓޫބަރު 2022 ގައެވެ. އެއީ 231 މިލިއަން ރުފިޔާގެ އަގަކަށެވެ.
ނަމަވެސް އެ އެއާޕޯޓުގެ 80 ޕަސެންޓް މަސައްކަތް ނިމިފައި އޮށްވައި، އެ ރަށާ ގާތްގަނޑަކަށް 15 މިނެޓުގެ ދުރުމިން ހުންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި އެވެ. އޭރު އެކަން އަވަސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިނެއް ދިން ހަދިޔާއެއް ކަމަށް އޭރު ތުހުމަތު ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަގޫދޫގައި ފަށައި މިހާރު ހުއްޓިފައިވާ އެއާޕޯޓް މަޝްރޫއު އަލުން ފަށާނެތޯއާއި އެ މަޝްރޫއު ނިމޭނެ ދުވަހަކާ ކޮބައިތޯއާއި އެ މަޝްރޫއު ހުއްޓާލައިފި ނަމަ ރައްޔިތުންގެ ފައިސާ އިން އިސްރާފުވާނީ ކިހާ ފައިސާއެއްތޯ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިނުވާ ކަމަށާއި މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް މި ދައުރުގެ ތެރޭގައި އެ އެއާޕޯޓް ހުޅުވާނެ ކަމަށެވެ. ނަމަވެސް އެ އެއާޕޯޓް އަޅަން ނިންމުމަކީ ރަނގަޅަށް ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދުވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫން.“ މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އަޅަމުން އަންނަނިކޮށް އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހުނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށެވެ.
މަގޫދޫ އެއާޕޯޓް އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށް މުއްތަލިބު މިއަދު ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ނިލަންދޫ އާއި މަގޫދޫގައި ވެސް އެއާޕޯޓު އެޅުމަކީ ގެއްލުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ދެ އެއާޕޯޓަކީ ބޭކާރު އިންވެސްޓުމެންޓަކަށް ނުވާނެ ކަމަށާއި ޑްރޯން އޮޕަރޭޓު ކުރަން ނޫނީ ޓްރެއިނިން އެއާޕޯޓެއްގެ ގޮތުގައި ވެސް މަގޫދޫ އެއާޕޯޓު ބޭނުން ކުރެވިދާނެ ކަމަށްވެސް އެ ދުވަހު މުއްތަލިބު ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ