ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕަބްލިކްސް ވޯކްސްއަށް ގެނައި އެކްސްކަވޭޓަރުތަކާއި ޑްރެޖަރުތަކާއި ލޭންޑިންކްރާފުޓައް ގެއްލިއްޖެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ ފަޅު ފުންކުރުމާއި ނެރު ފުންކުރުމަކީ އޭނާ ހަވާލުވެގެން ހުންނަ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ޕަބްލިކް ވޯކްސްގެ ޒިންމާއެއް ކަމަށެވެ. ފަޅު ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތްތައް މިހާރު ހުއްޓިފައި ހުރީ ޕަބްލިކް ވޯކްސްގެ ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
”މިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސްގައި ހުރި، އެއީ ރައީސް ޔާމީނު ސަރުކާރުން ޕަބްލިކް ވޯކްސްއަށް ހޯދާފައި ހުރި ޑްރެޖަރުތަކާއި އޭގައި ހުރި ލޭންޑިން ކްރާފްޓުތަކާއި އެކްސްކެވޭޓަރުތަކާ މި އެއްޗެހި ވީތަނެއް ވެސް ނޭނގޭ، އެހެންވީމާ ހަގީގަތުގައި އެ އެއްޗެހިތައް ފެންނަން ނެތީމާ ޕަބްލިކް ވޯކްސްގެ އެއްވެސް މަސައްކަތެއް ކުރުމުގެ ގާބިލުކަން މިހާރު ނެތީމާ އެ މައްސަލަ އެހައި ބޮޑަށް އެ ދިމާވަނީ،“ އޭނާ ވިދާޅުވި އެވެ.
އެގޮތަށް މުއްތަލިބު ވިދާޅުވި ނަމަވެސް އެ އުޅަނދުތަކައް ވީގޮތެއް އަދި އެތަކެތި ހޯދަން މަސައްކަތެއް ކުރިކަން ހާމައެއް ނުކުރައްވަ އެވެ.
އޭނާގެ މިނިސްޓްރީގެ ޒިންމާއަކީ އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލު ކޮށްގެން ކުރުވުން ކަމަށާއި މެއިންޓެނެންސް މަސައްކަތްތައް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ.




11 Comments
ގުޅުންހުރި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
މަގުސަދަކީ ބޯހިޔާވަހިކަމުން މުދާ އެއްކުރުމެއް ނޫން، އިސްކަންދޭން ޖެހޭނީ ގޮދޮރު ނެތް
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު