ގްރޭޓާ މާލެ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި ކަމަށާއި އެކަމުގެ ޔަގީންކަން ދޭ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އެހެން ބުނީ، ސްޓެލްކޯގައި ބޭނުންކުރާ އިންޖީނެއްގައި އަލިފާން ރޯވި ކަމަށް ބުނެ ސޯޝަލް މީޑިއާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން ސްޓެލްކޯގެ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުން ލަސްވެ، އިންޖީނުތަކަށް ދަނީ ގެއްލުންތަކެއް ލިބެމުންނެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، 28 އޭޕްރީލްގައި މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ނިންވާލި ކަމަށެވެ. އަދި އެ ހާދިސާ ހިނގިތާ ދެ ދުވަހެއް ތެރޭ އިންޖީނު މަރާމާތުކޮށް މިހާރުވެސް ބޭނުންކުރަމުން އަންނަ ކަމަށް ބުންޏެވެ.
”ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ މި ކުންފުނީގައި ހުރިކަމުގެ ޔަގީންކަން އަރުވަން. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން މި ކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް،“ ސްޓެލްކޯ އިން ބުންޏެވެ.




ގުޅުންހުރި
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް