ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތްވާ ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ (50އ) އޮޓޮޕްސީ ނުހަދަން ނިންމުން ރަނގަޅު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެެއްޖެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށެވެ ނަމަވެސް ޒަކިއްޔާގެ އާއިލާއާއި ރަށު މީހުން ގަބޫލު ކުރަނީ ބަޔަކު ނުވަތަ މީހަކު ޒަކިއްޔާ މަރާލީ ކަމަށެވެ. އެހެންވެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެ ރަށުގައި މުޒާހަރާވެސް ކުރެ އެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ ’އަހާ‘ ފޯރަމްގައި ރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ ނިންމީ ޒަކިއްޔާގެ އޮޓޮޕްސީ ހެދުމަށް ކަމަށެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމުން އެ ވަގުތު ރާއްޖޭގައި ހުރި ޕެތޮލޮޖިސްޓެއްގެ ލަފާ ލިބިފައިވާތީ އޮޓޮޕްސީ ނަހަދަން ނިންމީ ކަމަށް ވިދާޅުވި އެވެ.
”ޒަކިއްޔާއަށް ލިބިފައި ހުރި އަނިޔާތަކާއި ހުރިހާ ކަމެއް ބަލާފައި އޭނާގެ އެކްސްޕީއަރަންސް ގައި އަޅުގަނޑުމެންނަށް ދިން ޕްރޮފެޝަނަލް ލަފާ މި ދެނީ. ދީފަ އެ މީހާ މި ބުނަނީ އިތުރަށް ބޭރަށް ގެންގޮސްގެން ހަށިގަނޑު އިތުރަށް ފަޅައިގެން ބެލިއަކަސް އެ ކޯޒް އޮފް ޑެތާއި އޭނަ އެ ދިން ޕްރޮފެޝަނަލް އޮޕީނިއަން ތަފާތު ވާނެ ކަމަކަށް އޭނާ ގަބޫލު ނުކުރާކަމަށް. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އޭރު ނެގި ޑިޒިޝަން ގޯސް ކަމަކަށް.“ އިހުސާން ވިދާޅުވި އެވެ.
އިހުސާން އެހެން ވިދާޅުވި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ އިސްވެރިންނާއެކު ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އޭނާ ވަނީ ޒަކިއްޔާގެ އޮޓޮޕްސީ އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ހެދުނު ގޯހެއް ކަމަށްވެސް ވިދަޅުވި އެވެ.

3 Comments
ގުޅުންހުރި
އެމްޑީޕީގެ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ ވެރިންނާއެކު ޣައްސާނާއި އިހުސާން ބައްދަލުވުމެއް!
މޫސަ މަރާލި މައްސަލަ: މުހައްމަދު އިބްރާހީމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ގެއްލުނު ”ކޮލަމާ“ ބޯޓު ފެނިއްޖެ، ކެޕްޓަން އޮތީ އިންޖީނު ރޫމު ތެރޭ
އަބްދުއްރަހްމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
މި ސަރުކާރުން ޑްރަގު ފަހާ ނުދުވާނެ، ދުވާނީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ