ޖުލައި 1, 2025

އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް ގޮތަށް!

އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެންބަރުންނަށްވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގެންނަން އުޅުނު އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޒްމިރަލްދާ ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.

އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރައި ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ ޖިނާއީ ތަހުގީގެއްވެސް ޖޭއެސްސީން ފެށި އެވެ. ނަމަވެސް އެ މައްސަލަތަކަކީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަމެއް ކަމަށް ބުނެ އެ ތުހުމަތުތަކަށް އެ ބޭފުޅުން ވަނީ އިންކާރު ކުރައްވައިފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ހަތަރެއް މާޗުގައި ސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އެވެ.

އެ މައްސަލައިގައި މިއަދު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އަޒްމިރަލްދާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ސަސްޕެންޝަން ބިނާވާ މައްސަލައިގެ ލިޔެކިޔުންތައް އަދި އަދަށް ދާންދެން އޭނާއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ ޖިނާއީ ތަހުގީގެއް ކުރާ ކަމަށް 26 ފެބްރުއަރީގައި ޖޭއެސްސީއަށް އެންގި ނަމަވެސް، އަދި އަދަށްދާންދެން އޭނާއާ އެއްވެސް ސުވާލެއް އޭސީސީން ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.

”26 ފެބްރުއަރީ 2025 އިން ފެށިގެން މިއަދާ ހަމައަށް މި ކުރެވުނީ ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެކެވެ. ސަބަބަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގުމެވެ. ގާނޫނުގެ ވެރިކަން ހިނގާނަމަ ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް އަސާސީ ހައްގުތައް ކަށަވަރު ކުރެވި، ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ބަޔަކު އަޅުގަނޑުގެ މައްސަލަ ތަހުގީގު ނުކުރާނެ އެވެ،“ އަޒްމިރަލްދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ހައްގަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ކަމަށްވާއިރު، އެ ހައްގު ޖޭއެސްސީން ހަނިކުރި ކަމަށެވެ. އަދި ތުހުމަތުން ދިފާއުވުމަށް ބޭނުންވާ އަސާސީ ލިޔެކިޔުންތައް އެ ކޮމިޝަނުން ހިއްސާނުކޮށް، ދިފާއުވުމުގެ ހައްގު ނިގުޅައިގެން އިރު، ދިފާއީ ހުރިހާ ހެއްކެއް ބަލައިނުގަންނަން ނިންމައި ގޮތް ނިންމީ ހެއްކެއް ނެތަސް އެ ކޮމިޝަނުން ގަބޫލުކުރާހިތްވި ގޮތަށް ކަމަށް ވިދާޅުވި އެވެ.

އަޒްމިރަލްދާ ވިދާޅުވީ، ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަކީ ކަންބޮޑުވި ކަމެއް ކަމަށެވެ. އަދި އެ ކޮމިޓީއަށް ހާޒިރުވެ ދިފާއުވާނެ ފުރުސަތުންވެސް މަހުރޫމު ކުރި އިރު، ޑިއު ޕްރޮސެސްއާއި އަސާސީ ހައްގުތައް މިއަދު ޖޯކަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

14 Comments

  • Shareefa Manike މެއި 14, 2025

    Thimaa beynun vaagothah kan thah nuveema kon rahdheh dheykah tho
    Feshumuga ves enme mathee fadiyaaru geyga ebey fulhaa hurumakee islaamee shariyyaa than dhey kameh noon

  • Mohamed Hameed Umarube މެއި 14, 2025

    No doubt about that.

  • Mio Ma މެއި 14, 2025

    aslu soora thi fennani

  • Aminath Thuthee މެއި 14, 2025

    So true.
    Hama dhashu wefa.
    Masehkai kuran jeheny seedha raees meeha ge irushaadhu ge dhashun.
    Ehves miniwan kameh neh.
    Wazeefa aa bodu musaara libaythy hama thibeny.

  • Ayesha Rasheed މެއި 14, 2025

    Yes she is right

  • Aiminath Nasheeda މެއި 14, 2025

    Baraabar vaahakaeh. Gut hurinama ezmeralda vaahaka dhakkan furusath dhinees.. dhey nukerunee anga bedheynethee

  • Dhivehi Maalimy މެއި 14, 2025

    Nubai Insaanunthakeh

  • Ahmed Saeed މެއި 15, 2025

    ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނަކީ ހަޤީޤަތުގައިވެސް އަޅުވެތި ކުދި ސޯބުތަކެއް

    • Noorul Haya މެއި 15, 2025

      Ahmed Saeed komme sarukaareh othas hama same.mdp ves 3 baaru oiy iru hama egothah kanthah kuree. Ehbayaku jessun kuranyaa jessun kuraa bayaku ehfaraaiy kohgenves heyo verikameh kohdhinunakee rayyithun beynun vaa goiy.

  • Ahmed Riyaz މެއި 15, 2025

    Yes she is right

  • Milandhoo Asurumaa މެއި 15, 2025

    Azmiralda ge siyaasy kan ithurah thi saabithu kohdhinee

  • Mhh Ahmed މެއި 15, 2025

    Haada bodufaidaagadeh libinu magaamehen heevey. ehenve mihaavarun meehaki thelhi baalaanee. varihama naateykiyas

  • Sha Ibrahim މެއި 15, 2025

    Mulhi umuru thihen thibeveytha.

  • Abdullah Fathyn މެއި 15, 2025

    Mihaaru eba ingey Azmiralda akee SC fandiyaareiy ge gothuga hunna varah vure dhashu dharajaige meeheiy kan.

Leave a Reply