ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ނަމަ ރައްޔިތުންގެ ވޯޓަކުން އެ މީހަކު ވަކި ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
”ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރެއް އެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެއް ނެތް ދީފައެއް. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކި ކުރަން ބޭނުން ވަންޏާ ވަކި ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ މީހަކު އޭނާ ބޭނުން ގޮތަކަށް އުޅެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންގެ އަތަށް އޭނާ ވަކިކުރުމުގެ ބާރު އަބަދު ވެސް ލިބޭ ގޮތަށް އޮތުން ކަމަށް ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: