ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމިއްލައަށް އިސްތިއުފާދެއްވި މުއާޒް ރަޝީދު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުން ވަކިކުރެއްވި މުހައްމަދު ވަޖީހު އިބްރާހިމް ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
އެ ދެ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތީ ރޭ ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއްގަ އެވެ. އެ ދެ ބޭފުޅުން ވެސް ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އައްޔަންކުރައްވައި އިގުރާރު ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މަގާމުން އިސްތިއުފާދެއްވި އިސްމާއީލް ސުހައިލް ވެސް ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފަ އެވެ.
ޕީއެންސީއާއެކު ކުރިން ކޯލިޝަންގައި އޮތް މިހާރު އުވާލާފައިވާ ޕީޕީއެމްގައި ތިއްބެވި ގިނަ ބޭފުޅުން ރޭ ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފަ އެވެ.
އަދި ވަނީ ޕީޕީއެމްގައި ކުރިން ތިއްބެވި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ޕީއެންސީގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވައިފަ އެވެ.




20 Comments
ގުޅުންހުރި
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ޕީއެންސީގެ ޖަލްސާއިން މުޅި ރާއްޖެ އޮތް ގޮތް، ރައްޔިތުންގެ ފިކުރު ސާފުވާނެ:
ފިލްމީ ތަރި ޔޫއްޕެ، ޕީއެންސީއަށް ސޮއިކޮށްފި
އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ