ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ ދާ ދިވެހި ހައްޖުވެރިން މިމަހު 26 ގައި ފުރަން ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ދިވެހި ހައްޖާޖީންގެ ކަންކަމުގައި އެހީތެރިވުމަށާއި ހައްޖަށް ދާ މީހުން މައްކާ އަށް ދިޔުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ހައްޖު މިޝަންގެ ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަނުގެ އެޑްވާންސް ޓީމު މިއަދު ވަނީ މައްކާ އަށް ފުރައިފަ އެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް 1،000 ކޯޓާ ސައުދީ ސަރުކާރުން ވަނީ ދީފަ އެވެ. ހައްޖަށް މީހުން ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ.އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓެއް އަދި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެންމެ ފަހު ފްލައިޓުގައި ފުރާ ހާޖީން ފުރާނީ މި މަހުގެ 30ގަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް