މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުގައި ހުރި ރައުދު އަހްމަދު ޒިލާލްގެ ބަންދުގެ އަމުރުތައް ކުރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ.
ރައުދު ހައްޔަރުކޮށް މިހާތަނަށް ތިން ފަހަރަށް ބަންދު އިތުރުކޮށްފައިވެ އެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަަމަ ޖެހީ ފަސް ދުވަހެވެ. އެ ފަހުން ރައުދުގެ ބަންދަށް 10 ދުވަސް ޖެހިއިރު އެންމެ ފަހުން އޭނާގެ ބަންދަށް މި މަހު 10 ވަނަ ދުވަހު ކޯޓުން ޖެހީ ފަސް ދުވަހެވެ.
އެ މުއްދަތު ހަމަވާތީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އަނެއްކާވެސް ރައުދުގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެފަހަރު ކޯޓުން ވަނީ ރައުދުގެ ބަންދަށް 20 ދުވަސް ޖަހައިދީފަ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން މިހާތަނަށް އާންމުކޮށްފައިވަނީ ރައުދު ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހަށް ބަންދުކުރި އަމުރު އެކަންޏެވެ. އެފަހުން ރައުދުގެ ބަންދު އިތުރުކުރި އެއްވެސް އަމުރެއް ކުރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުން ބުނީ ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފެށީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޝަރީއަތް ސިއްރުކުރެވޭ ތިން ހާލަތެއް ބަޔާންކޮށްފައި އޮވެ އެވެ.
އެ ތިން ހާލަތަކީ:
- މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުން
- ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން
- އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުން

ގުޅުންހުރި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި