ފަނޑިޔާރަކާމެދު މާރާމާރީ ހިންގި މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ހ. ލިލަކުވިލާ ރެސިޑެންސް، ގާސިމް ހަސަންފުޅެވެ.
ކްރިމިނަލް ކޯޓުން އިއްޔެގެ އޭނާގެ މައްޗަށް ނެރުނު އަމުރުގައި ވަނީ ގާސިމް އަކީ މީގެ ކުރިން ވެސް އެ ފަނޑިޔާރާ މެދު މާރާމާރީ ހިންގާފައިވާ މީހެއް ކަމަށެވެ.
ގާސިމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ 16 ދުވަހަށް ބަންދުކުރަން އަމުރުކުރާ ކަމަށެވެ.
ކޯޓު އަމުރުގައި ބުނީ ގާސިމްއަކީ މާރާމާރީގެ ރެކޯޑު އޮންނަ މީހެއް ކަމަށާއި މިއީ އެ ފަނޑިޔާރަށް ހަމަލާދީ އޭނާ މާރާމާރީ ހިންގި ދެވަނަ ފަހަރު ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޓެއްގެ ކޮން ފަނޑިޔާރެއްކަން ކޯޓު އަމުރުގައި ބުނެފައެއް ނުވެ އެވެ.



