ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހަދައިދިނުމަށް އެ މަނިކުފާނުގެ އަރިހުގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދިއްޖެ އެވެ.
ރައީސް މިއަދު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އައްސަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ކެޔޮޅުން ވަނީ މިދިޔަ ޑިސެމްބަރު މަހު ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންތައްތައް ކޮށްދެއްވަމުންގެންދަވާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައި ކަމަށެވެ.
އަދި ކެޔޮޅުން ވަނީ އިތުރު ކަންތައްތަކެއް ރައީސް އަރިހުން ކޮށްދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކަންތައްތަކަކީ:
ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ.އަށް ބަދަލުކުރުން
ފަސޭހަކަމާ އެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުން
މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކުރުން
މަސް ކަނދުފަތި އިތުރުކޮށްދިނުން
މަސްކިރާ ތަންތަން އިތުރުކޮށް، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހެދުން
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނަ އަގު ކަނޑައަޅައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް