ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުޅިވަރާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ޒިންމާއަަކަށް ވާނީ އަދި ސަރުކާރުން ޔަގީންކުރާނީ ވެސް ގާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް އެ ކުރަންޖެހޭ އުސޫލުން ކުރުމަށް ކަމަށެވެ.
”އެފްއޭއެމްކަމުގައި ވިޔަސް، ބެޑްމިންޓަން އެސޯސިއޭޝަން ވިޔަސް، އެއްވެސް އެސޯސިއޭޝަނެއްގައި ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ، ސަރުކާރުން އެންޝުއާ ކުރާނީ ގާނޫނު ތަންފީޒު ކުރުމަށް ގާނޫނުގައި އޮތްގޮތަށް ހުރިހާ ކަމެއް އެކުރަން ޖެހޭ ފަރާތްތަކުން ކުރުން އެންޝުއާ ކުރުން ސަރުކާރުގެ ޒިންމާ އަކަށްވާނީ. ދެން ޖުމްލަކޮށް، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒުކުރުން،“ ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާބެހޭ ސިޔާސަތު ތަންފީޒުކުރުމަށް ކަމަށް އެކަނި ކަމަށް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް