ހދ. ކުޅުދުއްފުށި ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
އެމްޕީއެލް އާއި މިނިސްޓްރީން މިއަދު ނެރުނު ޖޮއިންޓް ނޫސް ބަޔާނުގައި ބުނީ، އެ މަޝްރޫއުގެ އަމާޒަކީ ހއ.، ހދ.، ށ.، ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށެވެ.
އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން:
- ކުޅުދުއްފުށި ބަނދަރުގެ ކެޕޭސިޓީ އިތުރުކުރާނެ
- ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ
- ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރާނެ
އެ ބަޔާނުގައި އިތުރަށް ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ފަށައިގަތުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޝެޑިއުލް ކޮށްގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ރޯދަމަހު ކެފޭ/ރެސްޓޯރަންޓުތައް ހުޅުވޭނީ މެންދަމު 3 އާ ހަމައަށް، ފިހާރަތައް މެންދަމު
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި