ރިސޯޓެއްގެ ނެރު ކައިރީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި، މީހެއްގެ އަތް ބުރިވި ހާދިސާގައި، އެ މީހާގެ އަތް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝަަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަަރެއްގެ މަތިން ބަލައި ފާސްކުރެވުނު ނަމަވެސް، އަނިޔާ ލިބުނު މީހާގެ ބުރުވި އަތް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ލޯންޗް ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާއި ސުވާލުކުރެވި ބަޔާން ނަގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކަށް އަދި ފިޔަވަޅު އަޅާފައިނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

7 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: