މާފަންނު ސަހަރާ ތަރައްގީ ކުރާނީ ޕާކިން ޒޯނަކާއެކު އަޑިޕާކުގައި ހެދި ލޮނުޒިޔާރަތް ޕާކު ކޮންސެޕްޓަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޖުމުލަ 36،153 އަކަފޫޓުގެ މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަނީ، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުން މަޖީދީ މަގުގައި ޕާކު ކުރުން މަނާކޮށްފައިވާތީ އެވެ. އެ މަސައްކަތަށް ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ޖަލްސާގައި ވަނީ މާފަންނު ސަހަރާގެ ނަން ”މާފަންނު މައިޒާން“ ގެ ނަމަށް ބަދަލުކުރަން ފާސްކޮށްފަ އެވެ.
ޖަލްސާގައި ކައުންސިލުގެ ޕްރޮޖެކްޓް މެނޭޖުމަންޓް ކޮންސަލްޓަންޓް ރަމްޒީ އަބޫބަކުރު ވިދާޅުވީ ލޭންޑް ސްކޭޕިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ލޭންޑް ސްކޭޕިން މަސައްކަތް ކޮށްފައިވާ މާފަންނު ސަހަރާގެ ތަރައްގީ ކުރުމަށް 2.3 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ސިޓީ ކައުންސިލުން އެ މަސައްކަތަށް އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން މާފަންނު މައިޒާނުގައި 295 ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ އެވެ. އަދި އެތަން ތަރައްގީ ކުރާނީ ފެހި މައިޒާނެއް ގޮތަށް ހަފުލާތައްވެސް ބޭއްވޭނެ ގޮތަށް ކަމަށާއި އޭ އިތުރުން އެ ތަނުގައި 3 އޮން 3 ބާސްކެޓް ކޯޓަކާއި ބަސް ސްޓޮޕެއް އަދި ކަސްރަތު ކުރުމަށް ބޭނުންވާ މީހުންނަށް ވޯކްވޭއެއް ހަދާނެ ކަމަށްވެސް ބުންޏެވެ.

2 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: