މިދިޔަ ހޯމަ ދުވަހުގެ ރޭ ފޭސް ދޭއްގެ ހިޔާ ޓަވަރު 11 ކައިރީގައި ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތައް ހައްޔަރުކުރި ޒުވާނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ތުހުމަތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ މއ. ޝެލްޓަރު، މުހައްމަދު ރައިހާން ހުސައިން (18އ) އެވެ،
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެ މާރާމާރީގައި ދެ މީހަކަށް އަނިޔާ ލިބުނު ކަމަށެވެ. އަދި އެކަކުގެ ބޯ ފަޅައިގެން ދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި އިތުރު މީހަކަށް ވެސް އަނިޔާ ލިބުނު އިރު އެ ދެ މީހުންގެ ފޯނު ވެސް މާރާމާރީ ހިންގި މީހުން ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި