މާލޭ ވޯޓާ އެންޑް ސުވަރޭޖްސް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މިއީ 56.24 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން އެ ރަށަށް ވަޑައިގެން، އެ ބޭފުޅުންގެ ހާޒިރުގައި ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފައިވާ ކަމަށެވެ.
ކެންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނުގެ މެއިންނެޓްވޯކް ވަނީ އަޅައިފަ އެވެ. އަދި އެ ރަށުގެ ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ވަނީ ތޮރުފައިފަ އެވެ.
އޭގެ އިތުރުން ރިޖެކްޓް ލައިން އަޅައި ފެން ރައްކާކުރުމަށްޓަކައި ފެންތާންގީ ވެސް ވަނީ ބަހައްޓައިފަ އެވެ.
ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަން ގާއިމުކޮށްފައިވާއިރު، ސީ އައުޓް ފްލޯ އަޅައި، ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިފަ އެވެ.
އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ވަނީ ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި
އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 30 އަހަރު، ފަހުރުވެރި ކާމިޔާބު ކުންފުންޏެއް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ރޯދަމަހު ލޭ ލިބުމުގައި ދިމާވާ ދަތިކަމަށް އެހީވުމަށް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ލޭ
މާލެ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 65 ޕަސެންޓް ނިމިއްޖެ
20 ރަށެއްގެ ފެނާއި ނަރުދަމާގެ ހުރިހާ މަސައްކަތެއް އެމްޑަބްލިޔުއެސްސީން ނިންމާލައިފި