ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހުޅުވައިދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރެއިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މައުރަޒު ރައީސް ހުޅުވައިދެއްވުމާ އެކު މިރޭ ވަނީ ހަވާވެސް އަރުވައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒެވެ.
އެ އެކްސްޕޯގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރި އިރު، އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ. ތުޅާދޫންނެވެ.




3 Comments
ގުޅުންހުރި
ގޯލަކާއެކު ވެސް ރައީސްގެ ޓީމަށް ނާކާމިޔާބީ، އިންފަންޓީނޯގެ ޓީމު މާ ވަރުގަދަ!
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ
ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ދޭނަން:
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި
އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާއި ތެލަސީމިއާ ކުދިންގެ އެލަވަންސް އަންނަ އަހަރުގެ
ރައީސް ސާފުކޮށްދެއްވީ އައްޑޫން ވަކި ކައުންސިލުތައް ހެދުމުން ލިބޭނެ ފައިދާތައް