ޖުލައި 12, 2025

މީހަކު ހައްޔަރުކޮށް އަނިޔާކުރި މައްސަލަ ބޮޑުވެ، ފުލުހުން އަނެއްކާވެސް ހޫނުފެނަށް!

މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން އަނެއްކާވެސް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

ފުލުހުން އަނިިޔާ ކުރި ކަމަށް ބުނާ މީހާއަކީ އޮންލައިން ނޫހެއްގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ހަމްދާ އަހުމަދަށެވެ. އޭނާއަށް އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ދަނީ ބަލަމުންނެވެ.

ހަމްދާން އޭނާގެ ފޭސްބުކުގައި އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:40 އެހާކަންހާއިރު ޕޭސް ދޭއްގެ ނިކަގަސް މަގަށްވާ ގޮތަށް މަގުގެ އެއް ފަޅީގައި އޭނާ ގަތް ޑްރޯންއެއް ޗެކް ކުރުމަށް ހަތް ފޫޓު މައްޗަށް އަރުވާފައި ހުއްޓައި އެ ވަގުުތު އެ ސަރަހައްދުން ދިޔަ ދެ ފުލުހަކު އައިސް ޑްރާން އަރުވަނީތޯ ސުވާލުކުރި ކަމަށެވެ.

”އެހުމުން އާ އެކޭ ބުނިން. ހުއްދަ ނެތް ނަމަ ނާރުވަން ބުނި. އަތުގައި އެ ވަގުތު ހުއްދަ ނެތުމުން ވަގުތުން ޑްރޯން ތިރި ކުރިން. ދެން އައިސް ހުއްދަ ދައްކަން އެދުނީ އެ ނެތް ކަމަށް ބުނުމުން މައުލޫމާތު ދިނުމަށް ބުނި. އައިޑީ ކާޑު ވޮލެޓްއާއެކު ދެއްކުމުން ތީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ވާހަކަ ދައްކަން ފެށީ“ ހަމްދާން ބުނެފައިވެ އެވެ.

އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އޭނާގެ ވޮލެޓުގައި އޮތް ޕްރެސް ކާޑު ފެނުމުން ”ތޅ ނޫސްވެރިއަކަސް މިތާކު ފުއްޕާފަ ނުހުރެވޭނެ، ޑްރޯން އެއްވެސް ނޭރުވޭނެ“ ކަމަށް ފުލުހުން ބުނި ކަމަށެވެ.

އެއަށްފަހު ދެންހުރި ފުލުސް މީހާ ޕޮލިސް ކާރަށް ގުޅައި އިތުރު ފުލުހުން އައުމަށް އެދުނު ކަމަށް ކަމަށާއި އެ ފުލުހުން އައިސް އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ހުޅުމާލެ ފޭސް2 ގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ކަމަށް ބުންޏެވެ. ހައްޔަރުކޮށްގެން ކާރަށް އަރުވަންދެން ހަމްދާން ދިޔައީ އޭނާގެ ފޭސްބުކަށް އެ މަންޒަރުތައް ލައިވް ކުރަމުންނެވެ.

”އެތަނުގެ މެސް ރޫމް ގޮތަށް ހަދާފައި ހުރި ރޫމް އަކަށް ވައްދާފަ ކޮއްޕާލާ މޫނު މަތީގަ އެތައް ފަހަރަކު ތެޅި. ރަނގަޅަށް ދެލޮލަށް ނުފެންނަ ވަރަށް އަނިޔާކުރި. ކަރުގަ ހިފާ ނޭވާ ނުލެވޭ ވަރަށް ފިތާލި. ފަސް ފުލުހުން ވެގެން އެތާ ތެރޭގައި ތަޅާ ވަރަށް އަނިޔާކުރި“ ހަމްދާން ބުނެފައިވެ އެވެ.

ހަމްދާން ބުނީ އޭނާއަށް އަނިޔާ ކުރުމަށްފަހު ފުލުހުން މަސަައްކަތްކުރީ އޭނާ ފޭސްބުކްގައި ކުރި ލައިވް ޑިލީޓް ކުރުވަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ނަސޭހަތް ދޭން ފެށި ކަމަށް ބުންޏެވެ.

ނަމަވެސް މިި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ހަމްދާން ފުލުހުންނަށް މައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ފުލުހުންނާ ވާހަކަ ދެއްކި ކަމަށެވެ.

އަދި ހަމްދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާ ނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

22 Comments

  • Mary Mariyam މެއި 24, 2025

    Thiya video fenuney hayyaru kuri meehaage bahuruva hurigoi ves fenuney ….abadhuves kuvveriyaa dhifaau kurveytho balaa. Maa gaddaavefa fuppaafa auguraana govee thiya noosveriyaa 😂

    • Hau Axaan މެއި 24, 2025

      Mary Mariyam eyge kurin veegoyy kaleyah engeytha izzayytheri vakeel

      • Mary Mariyam މެއި 24, 2025

        Hau Axaan eyge kurin kameh vinama eves fenunees yageen fulusmeehaa meehaa kameh nukurey

    • Princess Rixu މެއި 24, 2025

      Mary Mariyam asluves thedhu thi bunee

  • Fathimath Nadha މެއި 24, 2025

    Meyhuna aniyaakurumaa dhoguhedumaa mikan kan hutaalaa Maldives Police Service mi Hulhumale ga ti bey police nakey eves ahulaage nei bae adi varah hadi ya chis kiyaa bae 😡 mikahala bayaka ahurun nujeheyne respect kuraaka

    • Shareefa Manike މެއި 24, 2025

      Keehvetha abadhu fuluhun kuhveri thikuranee Furathama noosveriyaa kuri kanthah kuhveri kohlinama Noos verinnakee gaanoonahvure mathee thibenjehey baeh tho thalhaa alhiyaaeh nukurey aniyaa libigannanee amillayah

    • Gaumiyyath މެއި 24, 2025

      Fathimath Nadha noons veriyaa govihaa hadi ehcheh ehuree fb live gai fennan. Noosverinnah respect kurantha kanbulo. Polihunnaai jassaalaigen thiulheny ehkamehnves nukureveyne. Thiya kahala meehun respect nukuriyas rangalhu vaane

    • Mohamed Afeef މެއި 24, 2025

      Fathimath Nadha Manje respect kureytho balaakah fuluhun noolhey. Hulhumale ga fuluhun duty kuranee bayaku respect kuraathee eh noon ehves bayaku respect nukuriyas gaumee vaajibu emeehun adhaa kuraane ae fuluhunge zimma eh. Emmen ruhey gothakah ehves meehakah noolheveyne. aslu fuluhunnakee varah kehtheri baeh emeehunge mainbafainnah hadihuthurubahun basbune malaamehkoh hadhaairuves rayyithumeeha ah visnadheveytho kehtheri kamaaeku saabithuve hunna hurun kihaa reethi.

  • Naushaadh Bin Waleedh މެއި 24, 2025

    Thaee Vx Gang Eh Police GANG

  • Abdulla Rameez މެއި 24, 2025

    Mi rajje ge noos verin ge tag alhuvaigen uley activistun eba jehey e daairaain beyrukuran

    • Hau Axaan މެއި 24, 2025

      Abdulla Rameez Kaley vaanveenu eynage badhaluga noosveriyakah😄

  • Amsoodha Ibrahim މެއި 24, 2025

    E noosveriya doctor ah dhiyatha

    • Hau Axaan މެއި 24, 2025

      Amsoodha Ibrahim aan dhiya

  • Mawar Aeshah Shine މެއި 24, 2025

    Varah hayah Kuda ehchehin thah police meehuney kiyafa miulhenee

  • Same Ayya މެއި 24, 2025

    Thi kahala guinudhekey kaulhu thakeh fadha baeh noosverinney vaanuva nubala habaru jahanee. 😂

  • Ham Qurlz މެއި 24, 2025

    🤭🤣🤣

  • Maakin Malak Mauroof މެއި 25, 2025

    Hoonu fen amihlla gayah elhee thi kiyaa noosveriyaa kamah vakaalaathu kuraa meehaa… e

    • Hulhudhelee Alippe މެއި 25, 2025

      Maakin Malak Mauroof E video ga iru irukolhun e ivenee hoonufen kakkaairu kiyaa ehchehtha? 🫢

      • Hau Axaan މެއި 25, 2025

        Hulhudhelee Alippe Kaley nukiyaa ehchehge adennu irukolhukolhun eivenee rangalhah aduahaalahchey eyrunnennu thibeyfulhaaves dhasvaanee hoonufenjahan

    • Hau Axaan މެއި 25, 2025

      Maakin Malak Mauroof hadha mathiveri beyfulhekeydhw thibeyfulhaathy meehunnah malaamaii kuran

  • Azy Azy މެއި 25, 2025

    Anga Saafukuranjehey Noosverieh..! V Najis..

  • Ahmed Ageel މެއި 26, 2025

    Noosveriyaa hen heevanee hoonufena vetuneee… eenage ahulaagee fenvaru huree ane dhivehi raajjega… konnme meehaku ves thanfeezee idaaraathakah boalaban jehay

Leave a Reply