އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ، އެ ސިޓީގެ ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަށް ގެންނަން އަންގައިފި އެވެ.
ދިއްލީން އިއްޔެ އެކަނިވެސް ކޮވިޑްގެ 23 ކޭސް ރިޕޯޓް ކޮށްފައިވާއިރު ދެއްލީގެ ސަރުކާރުން ވަނީ އެ ސިޓީގެ ހޮސްޕިޓަލްތަކުގައި ހުސް އެނދާއި އޮކްސިޖ،ި ބޭސް، ހެޒްމެޓް ސޫޓް އަދި ވެކްސިން އެކަށީގެންވާ މިންވަރަށް ހުރިތޯ ކަށަވަރު ކުރަން އަންގައިފަ އެވެ. މީގެ އިތުރުން އާންމުންނާއި ހެލްތްކެއާ ވޯކަރުން ހޮސްޕިޓަލުގައި މާސްކު އަޅައިގެން އުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއީ ދިއްލީގައި ތިން އަހަރުގެ މެދުކެނޑުމަކަށްފަަހު ކޮވިޑް ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ. މި ކޭސްތަކާއެކު އެ ގައުމުގެ ހެލްތް މިނިސްޓރު ޕަންކަޖް ސިންހް ވިދާޅުވީ އެ ގައުމުން ދަަނީ ކޮވިޑަށް ޕޮސިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމާއި އެ މީހުން ދަތުރު ކުރި ތަންތަން ބަލަމުން ކަމަށެވެ.
ދިއްލީގެ އިތުރުން އިންޑިއާގެ އެހެން ހިސާބުތަކުގައިވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގުޖުރާތާއި ރާޖަސްތާން އަދި ހުޅަނގު ބެންގާލް ހިމެނެއެވެ. މި ސިޓީތަކުގެ އިތުރުން މަހަރަޝްތާ އިން މިހާތަނަށް ކޮވިޑްގެ 56 ކޭސް އަދި ޓާމިލްނާޑޫން. ކޮވިޑްގެ 66 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާގައި މިދިޔަ މަހުން ފެށިގެން ކޮވިޑް ކޭސްތައް ފެންނަން ފަށާފައިވާއިރު، އެކަމާ ގުޅިގެން މި މަހުން ފެށިގެން އެ ގައުމުގެ ސަލާމަތި ބާރުތައް ވަނީ އެލާޓަށް ގެނެސް، ދިމާވެދާނެ ހާލަކަށް ތައްޔާރުވުމަށް އަންގައިފަ އެވެ.

ގުޅުންހުރި
ކަޝްމީރުގައި ބަޑިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގެތައް
އަލަތު ދަރިފުޅު ލިބުމުގެ ކުރިން ސިދާތް އާއި ކިއާރާ 2 މިލިއަން
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް
އިންޑިއާގައި މާބަނޑު މީހަކު ރޭޕްކޮށްފި، ކުށްކުރީ ފުލުހެއް!
މީހަކު މަރާލި އިންޑިއާ ދެ މީހަކަށް ޔޫއޭއީގައި މަރުގެ އަދަބު ދީފި
އިންޑިއާގައި 7 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މީހަކު ދަންޖައްސައި މަރަން