އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، ބިދޭސީއެއްގެ އަތުން ފައިސާ އަތުލައި، މުހައްމަދު ޝަމްއާން ވަހީދު، ދެ ސްޓޫޑެންޓް ލޯނަކަށ ފައިސާ ދައްކާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން ވަނީ ޝަމްއާނަށް ތިން ދައުވާއެއްކޮށްފަ އެވެ.
އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު 530،000 ރުފިޔާ އާއެކު އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން ހައްޔަރުކުރި ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކުރުމަށް އިރުޝާދު ދީ، އޭނާ ބަންދުން ދޫކުރުމުން އޭނާގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާންގެ ދަށުން މަސައްކަތްކުރާ ގ. ހެޕީސައިޑް/ އިބްރާހީމް އަހުމަދަށް އެންގި ކަމަށެވެ.
އެގޮތަށް އެންގުމާ ގުޅިގެން މައިނުއްދީން އަތުން 500،000 ފުރިޔާ ފޭރުމަށްފަހު، އެ ފައިސާ ޝަމްއާނަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ، އޭނާގެ އަތުގައި ބެހެއްޓުމަށްފަހު ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން އޭނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމަށް، ބޭންކް އޮފް މޯލްޑިވްސްގެ ދެ ލޯން އެކައުންޓަކަށް ޖުމުލަ 259,837.05 ރުފިޔާ ޖަމާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.




10 Comments
ގުޅުންހުރި
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް