އޮކްޓޯބަރ 24, 2025

ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނެގި މައްސަލަ 10 އަހަރު ފަހުން ޕީޖީއަށް

ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ލ. މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އަލީ އާދަމްގެ މައްޗަށެވެ.

އޭސީސީން ބުނީ މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަ ދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އަލީ އާދަމަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނީ، އެ މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި އަދި އެ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން މުންޑޫ ސްކޫލަށް އަންގާފައިވާ ކަމަށެވެ.

2 Comments

  • Aishath Sumy މެއި 26, 2025

    O leve vex hadhaa nimun fahun dhw mi get vi

  • Shameen Jihad މެއި 26, 2025

    **އަންޒަމާކަރަޔަށް ވައިއެރި އަހަރުގެ ފަހުއަހަރުގެ މުސާރަ މީހަކު ނަގައިފިއެވެ! 🤣

Leave a Reply